ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބަޔަކަށް ރަނގަޅު އެއްކަމެއްވެސް ކުރެވޭ ކަމަށް ނުހެދުން: މެންބަރު ސިނާން

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން ---
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން ---

އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބަޔަކަށް ރަނގަޅު އެއްކަމެއްވެސް ކުރެވޭ ކަމަށް ނުހެދުންކަމަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.

ސިނާން މިފަދައިން ވިދާޅުވީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްޤީގެ މަސައްކަތްތަކަށް ތަޢުރީފުކޮށް، އެމްޑީޕީއަކީ އެއްވެސް ތާއީދެއް ނެތް "ވަގުންގެ ބައިގަނޑެއް" ކަމަށްވެސް ސިފަކުރައްވާފައެވެ.

ސިނާން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ވައްކަންތައް ކޮށް ދިވެހިން ނިކަމެތިވަމުން އައެވެ. މިފަދަ ހާލަތަކުން ޤައުމު ސަލާމަތް ކުރެއްވުމަށް ރައީސް މުޢިއްޒު ނިކުންނެވީ، އެމްޑީޕީގެ ނުލަފާކަމުން ރައްޔިތުންނަށް ދެމުން އައި ހިޔާނާތްތަކާއި އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރެއްވުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://twitter.com/deepsinaa/status/1979629773791064408?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1979629773791064408%7Ctwgr%5Ec9020fc33a2d5290cf956f5d549b0e14bd0fc9c0%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fdeepsinaa%2Fstatus%2F1979629773791064408

މިހާރުގެ ސަރުކާރުން ހަރަދު ކުޑަކޮށް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ފައްޓަވާފައިވާތީ، އެމްޑީޕީއަށް ކުޅަދާނަ ނުވެގެން ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ކަންތައް ބޮޑުވެފައިވާ ކަމަށްވެސް ސިނާން ވިދާޅުވިއެވެ.

މެންބަރު މުޙައްމަދު ސިނާނަކީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރައްވާ ޕީއެންސީގެ ހީވާގި މެންބަރެކެވެ. އޭނާ ވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މަޖިލީހުގައި ސިނާންގެ އަޑު އުފުއްލަވަނީ ދާއިރާގެ ތަރައްގީއާއި ގައުމީ މުހިންމު މައްސަލަތަކުގައެވެ. 

މެންބަރު ސިނާން ފާހަގަކުރެވެނީ އޭނާގެ ސާބިތުކަމާއި، ސިޔާސީ ކަންކަމުގައި ދެގޮތެއް ނުވެ ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާގެ މަސައްކަތްތަކުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާކަން ފާހަގަކުރެވެއެވެ.