ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް) ހުދު ސަމާލު ނެރެފިއެވެ.

މިރޭ 21:30 އިން ފެށިގެން މެންދަމު 3:30 އަށް ނެރެފައިވާ މި ސަމާލުގައި، ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން އިތުރަށް ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ކަނޑުތައް ގަދަވެ، ދަތުރުފަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭއިރު، މޫސުން ރަނގަޅުވާން ފަށާނީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ފަހުން ކަމަށް މެޓްއޮފީހުން ބުނެއެވެ.

https://twitter.com/MetMaldives/status/1979947075086467498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1979947075086467498%7Ctwgr%5E30cead77bf7697b4ec48610e79693cb0ff457fcf%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMetMaldives%2Fstatus%2F1979947075086467498

މެޓުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކާއި، އާންމު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.