ރައީސް މުޢިއްޒު ކުނަހަންދުއަށް: ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި، ރައީސަކު އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތް
މިއަދު ލ.ކުނަހަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތަކީ ރަށުގެ ތާރީޚުގައި ފާހަގަކޮށްލެވުނު މުހިންމު ދުވަހެކެވެ. ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި، އިންތިޚާބެއްގެ ކެމްޕޭން ދުވަސްތަކަކަށް ނުވާގޮތަށް، ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ރައީސަކު އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަމަށް ކުނަހަންދޫ ރައްޔިތުން ވަނީ ފާހަގަކޮށް، އުފަލާއެކު މި ޒިޔާރަތް ބަލައިގެންފައެވެ.
މި ތާރީޚީ ޒިޔާރަތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އެރަށަށް ޚާއްޞަކުރެއްވި ގިނަ މަޝްރޫޢުތަކެއް ފައްޓަވާދެއްވާފައެވެ. މީގެ ތެރޭގައި ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ ކަންކަން ހިމެނެއެވެ.
މި ޒިޔާރަތުގެ ތެރެއިން ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ޚިޔާލު ހޯއްދަވައި، ރައްޔިތުން އެދޭގޮތަށް ކުނަހަންދޫގެ ތަރައްޤީގެ ކަންކަން ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ޚާއްޞަކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކުނަހަންދޫ ފަދަ ތިރި ރަށްރަށަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ބޭނުންވާ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
Ads by BMLމި ޒިޔާރަތަކީ ކުނަހަންދޫގެ ރައްޔިތުންނަށް އައު އުއްމީދުތަކެއް ގެނެސްދިން ޒިޔާރަތެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމާއި ވަޢުދުތަކާއެކު، ކުނަހަންދޫގެ ތަރައްޤީއަށް ފުޅާ ދޮރުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.
Ads by MACL
