ފޮނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކޮށްފި
ލ. ފޮނަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފަރާތުން މިނިސްޓަރު އަބްދުﷲ ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
ފޮނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ފެންވަރަށް، ހުރިހާ އިންޑޯ ކުޅިވަރެއް ކުޅެވޭގޮތަށެވެ.
Ads by BMLރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، ބޮޑެތި ރަށްތަކުގައި ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރުމެވެ. މި މަޝްރޫޢަކީ އެ ވައުދުފުޅު ފުއްދުމުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.
ލ. ފޮނަދޫ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް، ކުޅިވަރާއި ހިތްފަސޭހަ މާޙައުލެއް ފަހިކޮށްދިނުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.
Ads by MACL
