ބައެއް އާއިލާތައް ދިރިއުޅެނީ "އަލިފާން ފޮށި ކަހަލަ ގޮޅި ގޮޅީގައި" މި ދައުރު ނިމޭއިރު ހައްލެއް ލިބޭނެ: މެންބަރ ކައްޕި
ބައެއް އާއިލާތައް މިހާރު ދިރިއުޅެނީ "އަލިފާން ފޮށި ކަހަލަ ގޮޅި ގޮޅީގައި" ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ މި ދައުރު ނިމޭއިރު ގެދޮރުވެރިކަމަށް ހައްލެއް ލިބޭނެ މެންބަރ ކައްޕިވިދާޅުވެއްޖެއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އިބްރާހީމް (ކައްޕި) ވިދާޅުވެފައިވަނީ، ބައެއް އާއިލާތައް "އަލިފާން ފޮށި ކަހަލަ ގޮޅި ގޮޅީގައި" ދިރިއުޅެމުންދާކަމަށާއި، ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ނެތް އެންމެ ރައްޔިތެއްވެސް ނުތިބޭނެކަން ކަށަވަރުކޮށް، މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކައްޕި ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
Ads by BMLކައްޕި ފާހަގަކުރެއްވި ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގައިވެސް ގެދޮރުވެރިކަމުގެ މައްސަލަ ވަރަށް ބޮޑެވެ. "ކުދި ގޮޅިތަކުގައި" ދިރިއުޅޭ އާއިލާތައް ގިނަ ކަމަށާއި، ނަމަވެސް، ނިމިދިޔަ ސަރުކާރުގައި ފްލެޓާއި ގޯއްޗަށް މާކްސް ދިންއިރު މިފަދަ ބޭނުންޖެހިފައިވާ އާއިލާތައްވެސް ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުގައި ހިމެނިފައިވާކަން ކައްޕި ފާހަގަކުރެއްވިއެވެ. އެމްޑީޕީން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގައި މިފަދަ ކަންތައްތައް ހިނގީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ.
މެންބަރު ކައްޕި ވިދާޅުވީ، ކުރީ ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ގިނަ މައްސަލަތައް ހުރި ކަމަށާއި، ޝަރުތު ހަމަނުވާ އެތައް ބަޔަކަށްވެސް ފްލެޓު ދީފައިވާކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން އެގޮތަށް ކަންކަން ނުކުރާނެ ކަމަށާއި، ރައީސްގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ރާއްޖޭގައި ދިމާވެފައިވާ މައިގަނޑު އެއް މައްސަލައަކީ ކޮރަޕްޝަންގެ ވަބާ ކަމަށާއި، ކަންކަން ޙައްލުނުވަނީ އެ ސަބަބުތަކާ ހުރެ ކަމަށް ކައްޕި ވިދާޅުވިއެވެ. އެހެން ޤައުމުތަކާ އެއްވަރަށް ރާއްޖެ ކުރިއަރައި ދިއުމުގައިވެސް ކޮރަޕްޝަން ހުރަސް އަޅާކަން އޭނާ ފާހަގަކުރެއްވިއެވެ. "މިހާރު އަޅުގަނޑުމެންގެ ސަރުކާރުން މިދަނީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅަމުން، ރައީސް އެގެންދަވަނީ އެ ފިޔަވަޅުތައް އަޅުއްވަމުން މިހާރު" ކައްޕި ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކާ ގުޅިގެން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ވައްކަމުގެ ތުހުމަތުތައް އެޅުވި ނަމަވެސް، މިއަދު މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެ ހުރިހާ ވާހަކައެއް ހަނދާން ނައްތާލާފައިވާކަން ކައްޕި ފާހަގަކުރެއްވިއެވެ. އެކަންކަމުންވެސް އެނގިގެންދަނީ މިއީ ހައްތަހާވެސް ސިޔާސީ ބޭނުމަށް ދައްކާ ވާހަކަކަން ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by MACL
