ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވަންސްއެއް!
އަންނަ ޖެނުއަރީން ފެށިގެން ތެލަސީމިއާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ އެލަވަންސްއެއް ދެއްވަން ރައީސް ނިންމަވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ތެލެސީމިއާ ކުދިންނަށް 1,000 ރުފިޔާގެ އެލަވަންސެއް ލިބިގެންދާނެ ކަމަށެވެ. މިއީ ތެލެސީމިއާ ބަލި ހުންނަ ކުދިންނަށް އަލަށް ދޭން ފަށާ އެލަވަންސެކެވެ.
ރައީސް މިރޭ ލ. އަތޮޅު ގަމުގައި ބޭއްވެވި ޖަލްސާގައި ވިދާޅުވީ، މި އެލަވަންސަށްޓަކައި އަންނަ އަހަރުގެ ބަޖެޓްގައި 11.7 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ. މިހާރު ރަޖިސްޓްރީވެފައިވާ 982 ތެލެސީމިއާ ކުދިންނަށް މި އެލަވަންސް ލިބިގެންދާނެއެވެ.
Ads by BMLމީގެ އިތުރުން ރައީސް ވަނީ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ދަރިންގެ ތަރުބިއްޔަތަށް މިހާރު ދޭ އެލަވަންސްވެސް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ކޮންމެ ދަރިއަކަށް މަހަކު 3,000 ރުފިޔާގެ ރޭޓުން އެލަވަންސް އިތުރުވާނެއެވެ. ނަމަވެސް، ޖުމްލަ އަދަދު 12,000 ރުފިޔާއަށްވުރެ އިތުރުނުވާނެއެވެ. މިކަމަށްޓަކައި 211 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު 5,878 މީހުންނަށް މި އެލަވަންސް ލިބެއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި މިފަދަ އެލަވަންސްތަކަށް އިސްކަންދިނުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ.
Ads by MACL
