ސިނގިރޭޓް ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފި
2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރެވުނީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ މި ދެ ކޮންޓެއިނަރު ވަގަށް ނަގާފައިވާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ބޮޑު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަންގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު، ތަހުގީގު ކުރިއަށްދާވަރަކުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެއެވެ.
Ads by MACL
