ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލ.ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ލ.ކަލައިދޫ-ދަނބިދޫ ކޯޒްވޭގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ލ.ކަލައިދޫއާއި ދަނބިދޫ ގުޅުވައިދޭ ކޯޒްވޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ ހަރަކާތްތައް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކަލައިދޫގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ކޯޒްވޭގެ ސަބަބުން މި ދެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ބިޔަ މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީއަކީ ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބީއާއެކު ނިންމާފައެވެ. އަދި މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ.

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢަކީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ އެމްޓީސީސީއަށް ލިބިފައިވާކަން ހާމަކޮށްދޭނެ އަނެއް މަޝްރޫޢުގެ ގޮތުގައި ފާހަގަކުރެވެއެވެ.