ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލ. ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލް އާ ހަވާލުކޮށްފި

ލ. ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލް އާ ހަވާލުކޮށްފި

ލ ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ގަމުގައި ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހިމް ރައްޒާގު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ގަމު ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ބޮޑެތު ރަށްތަކުގައި ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ، ދިވެހި ރައްޔިތުންގެ މެދުގައި ސިއްހަތު ރަނގަޅު ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން، ޤައުމީ ފެންވަރާއި ރަށު ފެންވަރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ފަދަ ޒަމާނީ ފެންވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ ސަބަބުން، ކުޅިވަރުގެ ދާއިރާ އިތުރަށް މުއްސަނދިވެ، ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމަށް އެހީތެރިވެގެންދާނެއެވެ.