ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގައި ދެމަފިރިއަކު އެއްތަނެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެ!

އައްޑުއަތޮޅު ހިތަދޫ ---
އައްޑުއަތޮޅު ހިތަދޫ ---

އައްޑު އަތޮޅު ހިތަދޫގައި ދެމަފިރިއަކު އެއްތަނެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން ވިދާޅުވީ އައްޑޫސިޓީ ހިތަދޫ ގެއެއްގެތެރެއިން ދެ މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން، ފުލުހުން އެ މައްސަލަ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި ނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނެކެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިޔާވެފައިވަނީ ދެމަފިރިންނެވެ. އަދި އެ ދެމީހުންވެސް ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެއްކޮޓަރިއަކުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ދެމީހުންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

އެރަށުން ޖީލުއޮންލައިން އާ ވާހަކަ ދެއްކި މީހަކު ބުނީ އެދެމަފިރިން ނިޔާވެފައިވާގެއަކީ އެދެމަފިރިންގެ އަމިއްލަ ގެ ކަމަށާއި، އެ ދެމަފިރިންގެ އާގެ ހަދައިގެން ބަދަލުވީތާ މާގިނަދުވަސް ތަކެއް ނުވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ދިރާސާކުރަމުން އަންނައިރު، މި ދެމަފިރިން ނިޔާވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.