އައްޑޫގައި ނިޔާވި ދެމަފަރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި
އައްޑޫ ހިތަދޫގައި ނިޔާވި ދެމަފަރިންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ސާމްޕަލް ނަގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ތަހްޤީޤު ކުރަމުންދާކަމަށް މިއަދު މީޑިއާއާ ހިއްސާކުރި ފުލުހުންގެ މައުލޫމާތުގައި ބުނެފައިވެއެވެ.ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގޭގައި ނިޔާވީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، 60، އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، 52، އެވެ.
އާއިލާގެ ބަޔަކު އެ ގެއަށް ދިޔައީ އެ ދެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެންނެވެ.
ފުލުހުން ބުނި ގޮތުގައި، އެ ދެމަފިރިން ނިޔާވެފައި ތިއްބާ ފެނުނުއިރު، މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގައެއް ނުކުރެވެ އެވެ. އެކަމަކު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
Ads by BMLއިބްރާހިމް އަބްދުﷲ އާއި ފަރަހްނާޒު ނިޔާވެފައި އޮށްވައި ފެނުނީ ކޮޓަރީގެ ފާހާނާ ތެރެއިންނެވެ. ފިރިހެންމީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އަންހެންމީހާގެ ހަށިގަނޑުގައި ވެސް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ފާހާނާތެރޭގައި ހުރި ސާމާނުތަކަށް ބަލައި އެ މީހާ ލަފާކުރަނީ ދެމަފިރިން ނިޔާވީ، ފާހާނާގައި ކޮންމެވެސް މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށެވެ.
"ބޮޑަށް ބެލެވެނީ ފިރިހެން މީހާ މަސައްކަތެއް ކުރަން ހުއްޓައި ވެއްޓުމުން އޭނާ ނަގަން އަންހެން މީހާ ގުދުވެލި ވަގުތު [ކަރަންޓުގައި ޖެހިގެން] މަރުވީ ކަމަށް. ދެ މީހުންގެ ދެބޯ ޖެހިފައި ތިބީ. ގެއަށް ވަތް އިރު ގޭގައި ކަރަންޓެއް ނެތް،" އޭނާ ކިޔައިދިނެވެ.
އެ ދެމަފިރިން ގެ ހަދައިގެން ބަދަލުވީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ. އެ ސަރަހައްދަށް އަދި ކަރަންޓް ނުލާތީ އެ ގެ އަށް ކަރަންޓް ދެމުން އައީ އަމިއްލަ ކުޑަކުޑަ ޖަނަރޭޓަރަކުންނެވެ.
Ads by MACL
