ޕޮލެންޑުގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ހިއްސާ އިތުރުކުރަން ވީއެމްސީން އަތުކުރި އޮޅާލައިފި
މެދުތެރޭ ޔޫރަޕުގެ މުހިންމު މާކެޓެއް ކަމަށްވާ ޕޮލެންޑުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްޞަދުގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެ ޤައުމުގައި ބޭއްވި އެންމެ ބޮޑު އެއް ނެޓްވޯކިން އިވެންޓުގައި ރާއްޖެ ވަރުގަދައަށް ޕްރޮމޯޓްކޮށްފިއެވެ.
މި މަހުގެ 22 އިން 23 އަށް ޕޮލެންޑުގެ ޕޮޒްނަން ސިޓީގައި ކުރިއަށްދިޔަ "އޯލް އިން ޓޫ" ނެޓްވޯކިން އިވެންޓަކީ އެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުކުރާ މުހިންމު ހަރަކާތެކެވެ. ވީއެމްސީން މި އިވެންޓުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ޕޮލެންޑުގެ ބާޒާރުގައި ރާއްޖޭގެ މަޤްބޫލުކަން ދެމެހެއްޓުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމެވެ.
ވީއެމްސީން ޤަބޫލުކުރާ ގޮތުގައި މިފަދަ ހަރަކާތްތަކުގެ ސަބަބުން، ޕޮލެންޑު ހިމެނޭ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ އިސްކަންދޭ އެއް މަންޒިލްގެ ގޮތުގައި ބެލެވި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. ޕޮލެންޑަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މެދުތެރޭ ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން މުހިންމު ހިއްސާއެއް އަދާކުރާ ޤައުމެކެވެ.
Ads by BMLރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ކުންފުންޏަކާ އެކު ވީއެމްސީން ވަނީ މި ހަރަކާތުގެ ތެރެއިން ޕޮލެންޑުގެ 100 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންނާ ބައްދަލުކޮށް، ރާއްޖެއާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ.
މި އިވެންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވީއެމްސީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ، އިބްރާހިމް ޝިއުރީ ވިދާޅުވީ، "އޯލްއިންޓޫ ނެޓްވޯކިން ހަރަކާތުގެ ތެރެއިން ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ ބައްދަލުވެ، ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި، ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކާއި ސަގާފީ އަދި ވެލްނަސް އެކްސްޕީރިއަންސްތަކުގެ މައުލޫމާތު ހިއްސާކުރެވުނު،" ކަމަށެވެ.
ވީއެމްސީން ދަނީ ރާއްޖެއަކީ ހަމައެކަނި މޫދާއި ގޮނޑުދޮށުގެ ރީތިކަމަށް މަޝްހޫރު ތަނެއްގެ ބަދަލުގައި، ތަފާތު ތަޖުރިބާތައް، ޚާއްޞަކޮށް ސަޤާފީ އަދި ވެލްނަސް ފަތުރުވެރިކަމުގެ ފުރުޞަތުތައް ވެސް ހުރި މަންޒިލެއްގެ ގޮތުގައި ބްރޭންޑްކުރުމަށްޓަކައި ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
Ads by MACL
