ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަރުގެ ސަބަބު އަދިވެސް ސިއްރެއް: އައްޑޫން މަރުވި ދެމަފިރިން ވަޅުލައިފި

ދެމަފިރިން ވަޅުލާފައިވަނީ މަރަދޫ ސަހަރާގައި، ކައިރި ކައިރީގައި -- ފޮޓޯ: މިހާރު
ދެމަފިރިން ވަޅުލާފައިވަނީ މަރަދޫ ސަހަރާގައި، ކައިރި ކައިރީގައި -- ފޮޓޯ: މިހާރު

އައްޑޫ ސިޓީ، ހިތަދޫއިން މަރުވެފައި އޮއްވާ ފެނުނު ދެމަފިރިންގެ މަރާ ގުޅޭ ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށް، އެ ދެމީހުންގެ ހަށިގަނޑު މިއަދު ވަޅުލައިފިއެވެ.

މަރުގެ ސަބަބު ހޯދުމުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އެކަމާ ގުޅޭގޮތުން އަދިވެސް ވަނީ ވަރަށް ބޮޑު ސުވާލެއްގައެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ހިތަދޫ، ކުރޭނގެ، އިބްރާހިމް އަބްދުﷲ، 60، އާއި އޭނާގެ އަނބިކަނބަލުން މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު، 52، އެވެ. މި ދެމަފިރިން މަރުވެފައި ތިއްބާ ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު، ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދުގައި ހުންނަ "ގާހަކި" ކިޔާ ގެއެއްގެ ތެރެއިންނެވެ.

މި މަރުތަކާ ގުޅިގެން ގޮތް ނޭނގޭ ވާހަކަތަކެއް ދެކެވެމުންދާތީ، ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. ފުލުހުން ވިދާޅުވީ، ތަހުގީގަށް ބޭނުންވާ ސުންކު (ސާމްޕަލް) ނެގުމަށް ފަހު، ދެމަފިރިންގެ ހަށިގަނޑު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދެމަފިރިންގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު ވަނީ ބާއްވާފައެވެ. ފަރަހަނާޒްގެ ކަށުނަމާދު މަރަދޫގައި ބޭއްވިއިރު، އިބްރާހިމްގެ ކަށުނަމާދު ބޭއްވީ ހިތަދޫގައެވެ. ނަމަވެސް، ދެމަފިރިން ވަޅުލާފައިވަނީ މަރަދޫ ސަހަރާގައި، ކައިރި ކައިރީގައިވާ ދެ މަހާނައިގައެވެ.