ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ހާރިޖީ ވަޒީރު ޚަލީލު ވިއެޓްނާމަށް

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ހާރިޖީ ވަޒީރު ޚަލީލު ވިއެޓްނާމަށް

ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަގްސަދުގައި އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރު ޚަލީލް، ސައިބަރ ކްރައިމްއާ ދެކޮޅަށް އދ. އިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޚަލީލް ވިދާޅުވީ، ވިއެޓްނާމްގެ ވެރިރަށް ހަނޯއީއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި ދަތުރުފުޅުގެ ތެރެއިން ވިއެޓްނާމް ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ޚަލީލް ވަނީ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ވިއެޓްނާމާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާ ދެކޮޅަށް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށާއި، ދެފަރާތުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ހާމަވާ ދަތުރުފުޅެކެވެ.