ގައުމީ ސަލާމަތުގެ ހާއްސަ އޮޕަރޭޝަން: ގެ ތަކާއި ވެހިކަލްތައް ބަލައި ފާސްކުރަނީ
ގައުމީ ސަލާމަތުގެ ހާއްސަ އޮޕަރޭޝަން ގައި މާލޭގެ ބައެއް ގެ ތަކާއި ވެހިކަލްތައް ފުލުންނާއި ސިފައިން ބަލައި ފާސްކުރަން ފަށައިފިއެވެ.
މިރޭގެ ވަގުތެއްގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލާމާތަކާއި ގުޅިގެން މާލޭގައި ބޮޑު ނިރުބަވެރި ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށް ވަނީ އެނގިފައެވެ. އަދި މިކަމާއި ގުޅިގެން ފުލުހުންވަނީ ބަޔާނެއްވެސް ނެރެފައެވެ. އެހެންނަމަވެސް އޭގެ ކުޑަވަގުތުކޮޅެއް ފަހުން އެ ބަޔާން ވަނީ ޑިލީޓް ކޮށްލާފައެވެ.
މި ހާއްސަ އޮޕަރޭޝަންގައި ޖުމްހޫރީ މައިދާނުގައި އޮތް ވޭނެއް ބަލައި މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ހެންވެއިރު ގެއަކަށް ފުލުހުންނާއި ސިފައިން ވަދެ ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
Ads by BMLމީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ވެސް ސިފައިންނާއި ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ.
Ads by MACL
