ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ގިނަ އަދަދެއްގެ ޑްރަގާއެކު ހައްޔަރުކޮށްފި

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ގިނަ އަދަދެއްގެ ޑްރަގާއެކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުއްޓަށް ލޯންޗެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން ކުރި މަސައްކަތެއް ފުލުހުން އެ މައްސަލައާ ގުޅިގެން ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އިއްޔެ އެ ރަށު ބަނދަރު ސަރަހައްދުން ލޯންޗެއް ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރި މީހުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 30 ރަބަރު ޕެކެޓާއި، ފިލްމު ހުސްކޮށްފައިވާ ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން، އެތަނުން އެކެއްގެ ދަބަސް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވެއެވެ. ފުލުހުން ބުނީ، އެ ތަކެތީގެ ބަރުދަނުގައި 44.38 ގުރާމު ހުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ޒުވާނުންނެވެ. އެއީ:

  • ހަސަން ރައްޔާން ރާޝިދު (26އ)، ގއ. ކޮލަމާފުށި، ކައުސަރު

  • އިސްމާއިލް ހައިޒަމް ހަބީބް (22އ)، ގއ. ކޮލަމާފުށި، ސޯސަންގެ

  • ޢަލީ ޖަނާހް ޖަޢުފަރު (25އ)، ގއ. ކޮލަމާފުށި، ޝަބްނަމްގެ

  • އިބްރާހީމް އަޒާން މުޙައްމަދު (19އ)، ގއ. ކޮލަމާފުށި، ލީނާމަންޒިލް

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން އިސްމާއިލް ހައިޒަމް ހަބީބް 12 ދުވަހުގެ މުއްދަތަށް އަދި އަނެއް ތިން މީހުން 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ގއ. އަތޮޅު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.