ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ސަލާމަތުގެ ޙާއްސަ އޮޕަރޭޝަން: ހުއްޓުމެއްނެތި މާލެ، ހުޅުމާލޭގެ ތަންތަންވެސް ފާސްކުރަނީ، ބަޔަކު ވަނީ ހައްޔަރުކޮށްފައި!

ގައުމީ ސަލާމަތުގެ ޙާއްސަ އޮޕަރޭޝަން: ހުއްޓުމެއްނެތި މާލެ، ހުޅުމާލޭގެ ތަންތަންވެސް ފާސްކުރަނީ، ބަޔަކު ވަނީ ހައްޔަރުކޮށްފައި!

ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށްބުނެ ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި މާލެ ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ބަޔަކު ހައްޔަރުކޮށްފިއެވެ.

" ޖީލަށް " ކަށަވަރު ވެފައިވާ ގޮތުން ސިފައިންނާއި ފުލުހުން މިހާރު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ހުޅުމާލެއަށް ދާ ބައެއް ޓެކްސީތައް ހުއްޓުވައި ސިފައިން ދަނީ ފާސްކުރަމުންނެވެ. މިހާބޮޑު އޮޕަރޭޝަނެއް ސިފައިންނާއި ފުލުހުން ކުރިއަށް މިގެންދަނީ ދިވެހި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ބަލައި ލިބުނު އިންޓަލިޖެންސް ރިޕޯޓަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ވަނީ ނެރުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑިލީޓް ކޮށްލާފައެވެ.