ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭ އެއާލައިންތަކުގެ ލިސްޓަށް ވާޖިން އެޓްލާންޓިކް
ރާއްޖޭގެ ބައިނަލްއަޤްވާމީ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޒަމާނީ ފަސިންޖަރ ޓާމިނަލުން ޚިދުމަތް ދެމުންދާ އެއާލައިންތަކުގެ ލިސްޓަށް އިނގިރޭސިވިލާތުގެ މަޝްހޫރު އެއާލައިން، ވާޖިން އެޓްލާންޓިކް މިއަދު އިތުރުކޮށްފިއެވެ.
މިކަން ފާހަގަކުރުމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޓާމިނަލް 1 ގައި ޤާއިމުކޮށްފައިވާ ވާޖިން އެޓްލާންޓިކްގެ ޗެކިން-އިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ހިދުމަތް ފެށުމާއެކު، އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ވާޖިން އެޓްލާންޓިކާއެކު، ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭ ބައިނަލްއަޤްވާމީ އެއާލައިންތަކުގެ ޖުމްލަ ޢަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. ފާއިތުވި ދުވަސްތަކަކީ މި ޓާމިނަލަށް ވަރަށް ބާރުބޮޑު ދުވަސްތަކެކެވެ. އެގޮތުން، އިއްޔެ ވަނީ ބްރިޓިޝް އެއަރވޭސްއަށް ޚިދުމަތް ދޭން ފަށާފައިވާއިރު، ޗައިނާގެ ޗޮންޗިންގް އެއާލައިންސްއަށް ވެސް މި މަހުގެ 23 ވަނަ ދުވަހު ވަނީ މި ޓާމިނަލުން ޚިދުމަތް ދޭން ފަށާފައެވެ.
Ads by BMLއެއަރޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އާ ޓާމިނަލް މެދުވެރިކޮށް އެންމެ ފުރިހަމަ އަދި މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
Ads by MACL
