ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިވެހި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހިދުމަތްތެރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ "ކެޔޮޅުންގެ އެވޯޑު" އަދި "ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް" ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިތުރުކޮށްފިއެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ފަހަރުގެ މަސްވެރިންގެ ދުވަހުގެ ހަފުލާގައި ތިން ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅުންނާއި، 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅުންގެ އިތުރުން، އާމްދަނީ ހޯދުމުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށެވެ. މި ދެ კატަގަރީގެ ކެޔޮޅުންނަކީވެސް މަސްވެރިކަން ފިޔަވާ، އާމްދަނީއަށް އެހެން މަސައްކަތެއް ނުކުރާ، އަމަލީ ގޮތުން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވާންޖެހެއެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އަންނަ ނޮވެމްބަރު މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އިތުރުކޮށްފައެވެ. މިނިސްޓްރީން ވިދާޅުވީ، އެވޯޑަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ފޯމު ފުރުމަށްފަހު އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ. އަދި އަމިއްލައަށް އެވޯޑަށް ކުރިމަތިލުމުގެ އިތުރުން، އެހެން ފަރާތެއްގެ ނަމުގައިވެސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
Ads by BMLމި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.
Ads by MACL
