ހިންނަވަރުގައި ހަދާ ބީއެމްއެލްގެ އައު ބްރާންޗްގެ ބިންގާ އަޅައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޅ. ހިންނަވަރުގައި ޤާއިމުކުރާ އައު ބްރާންޗްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މުހިންމު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މިހާރުވެސް ޅ. ނައިފަރުގައި ބްރާންޗެއް ޤާއިމުކޮށްގެން އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ދެމުންދާއިރު، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަކީ ބޭންކް އޮފް މޯލްޑިވްސްގެ މައިގަނޑު އަމާޒެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
Ads by BMLއެގޮތުން، 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، ޢާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ ވިސްނުން ކަމުގައިވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
Ads by MACL
