ކޯޓަށް ގޮންޖައްސަވައި، ޝަރީއަތަށް ހާޒިރުނުވެ ޔާމީން ވަޑައިގަތީ ދިއްދުއަށް!
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކްރިމިނަލް ކޯޓަށް ގޮންޖައްސަވައި، އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދަޢުވާތަކުގެ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވެވަޑައިގަތުމުގެ ބަދަލުގައި، ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.
ރައީސް ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގެން، އެހެން ރަށަކަށް ވަޑައިގަތީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޙަފްލާއެއް ޝަރަފުވެރިކޮށްދެއްވުމަށެވެ.
ކްރިމިނަލް ކޯޓުން މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދަޢުވާގެ އަޑުއެހުމެއް މިއަދުގެ މެންދުރު 14:30 އަށް ތާވަލުކުރެވިފައި އޮތެވެ. ނަމަވެސް ދަޢުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާތީ، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
Ads by BMLޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވުމުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި، ރައީސް ޔާމީން ވަނީ ދިއްދޫގައި ބޭއްވި "ތިލައުތުރު އެވޯޑު" ދިނުމުގެ ޙަފްލާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ފާހަގަކުރާ ގޮތުގައި، މަޤުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމާއި، މައްސަލައެއް ތާވަލުކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދަ ނެތި ކޯޓު ހުންނަ ރަށުން ފުރައިގެން ދިއުމަކީ އެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅިދާނެ ޢަމަލެކެވެ.
Ads by MACL
