ޑޮލަރު ފޭރުނު މައްސަލައިގެ ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި، ގުރައިދޫ 2 މީހަކު ހިމެނޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް އިއްޔެ ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ބްރީފް ކޭސް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.
ވެލާނާ އެއާޕޯޓުގައި ހިނގި ފޭރުމުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އިއްޔެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި ކުށް ކުރުމަށް ބޭނުންކުރި ލޯންޗު ހޯދާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.
އަދި މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.
Ads by BML
އެ މީހުން ފައިސާ ފޭރިގެން ގޮސްފައި ވަނީ ކ. ހުރާއަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުން
- ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ)
- މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)
- އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ)
- އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ).
ފުލުހުން ވިދާޅުވީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
Ads by MACL
