ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތުލުސްދޫގައި ޒަމާނީ އިންޖިނުގެއެއްގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ތުލުސްދޫގައި ޒަމާނީ އިންޖިނުގެއެއްގެ މަސައްކަތް ރަސްމީކޮށް ފަށައިފި

ކ. ތުލުސްދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައު އިންޖިނުގެއެއްގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެއްގެ ބަޔެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްކޯއާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެންނެވުމާ ގުޅިގެން، އިންޖިނުގެއިގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އައު އިންޖިނުގެއިގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިންޖިނުގެއިން ތުލުސްދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް ވަނީ ބެލެވިފައެވެ.