ފްލައިދުބާއީއަށް ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފި
ޔޫއޭއީގެ މަޝްހޫރު ބަޖެޓު އެއާލައިން، ފްލައިދުބާއީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު، ވީއައިއޭގެ ޒަމާނީ އާ ޓާމިނަލުން ޝެޑިއުލް ދަތުރުތަކަށް ހިދުމަތް ދޭ އެއާލައިންތަކުގެ ޖުމްލަ އަދަދު ވަނީ 17 އަށް އަރާފައެވެ.
މިކަން ފާހަގަކުރުމުގެ ގޮތުން، އާ ޓާމިނަލަށް މިއަދު ފުރަތަމަ ފަހަރަށް އައި ފްލައިދުބާއީގެ ބޯޓަށް ވަނީ ހޫނު މަރުހަބާއެއްގެ ގޮތުން ވޯޓާ ސެލިއުޓެއް އަރުވާފައެވެ. އަދި އާ ޓާމިނަލްގައި އެ އެއާލައިނަށް ހާއްސަކޮށްފައިވާ ޗެކިން ކައުންޓަރުތައް ވެސް ވަނީ ރަސްމީކޮށް ހުޅުވާ، ފަސިންޖަރުންނަށް ހިދުމަތް ދޭން ފަށާފައެވެ.
އެއާޕޯޓު ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާ ހުޅަނގުގެ ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން، ބައިނަލްއަގުވާމީ އެއާލައިންތަކުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ.
Ads by BMLފްލައިދުބާއީ އަކީ މި މަސައްކަތުގެ ތެރެއިން އާ ޓާމިނަލަށް އެންމެ އަވަހަށް ބަދަލުކުރި އެއް އެއާލައިނެވެ.
Ads by MACL
