ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރު ވަކިކޮށް، އިތުރު ތިން މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ރައީސް އަންގައިފި
ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރު ވަކިކޮށް، އިތުރު ތިން މުވައްޒަފަކާ މެދު ފިޔަވަޅު އެޅުމަށް ރައީސް އަންގައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުން މިއަދު ވަކިކުރައްވައިފައިވާ ކަމަށާއި، މިއީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓް މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކުރެއްވި މައްސަލަތަކަކާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފޮނުއްވި ސިޓީއެއްގައި ހިމެނޭ މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކުރެއްވުމަށްފަހު، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މި ދެ ބޭފުޅުން ވަކިކުރައްވާފައިވާ ކަމަށެވެ.
https://twitter.com/MMuizzu/status/1983396022153101670?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1983396022153101670%7Ctwgr%5Ea4827a779f9f9898eac460aaac4c5cbf43193667%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1983396022153101670
މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
Ads by BML-
"ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލަ.
-
ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް، ކަސްޓަމްސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ވެއަރހައުސްއިން ނެރެފައިވާ މައްސަލަ.
މީގެ އިތުރުން، ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރަމުންގެންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަސްޓަމްސް ސަރވިސްއަށް އަންގަވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ވަކިކުރެއްވި ދެ ޑެޕިއުޓީ ކޮމިޝަނަރުގެ ނަންތަކާއި، އިތުރު ތިން މުވައްޒަފުންނާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތަފްޞީލެއް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ފިޔަވަޅުތަކަކީ ސަރުކާރުގެ އިދާރާތަކުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިންގާފައިވާ ކަންކަމަށް ޒިންމާދާރުކުރުވުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
Ads by MACL
