ބީއެމްއެލްގެ ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށް، ނެގޭ ފައިސާގެ މިންވަރު އިތުރުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އާ ވިސާ ޕްލެޓިނަމް ކާޑެއް ތައާރަފްކޮށްފިއެވެ. މިކާޑާއެކު ރާއްޖެއިން ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުން 5000 ޑޮލަރު ނެގޭނެއެވެ.
މި ކާޑު ތައާރަފްކުރުމަށް ބީއެމްއެލްއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާހުކޮށްދެއްވީ އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްއިން ހާމަކުރެއްވި ގޮތުގައި، މިހާރުވެސް އިންޓަނެޓް ބޭންކިން ނުވަތަ ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް ވިސާ ޕްލެޓިނަމް ކާޑަށް އެޕްލައިކުރެވޭނެއެވެ. އަދި މި ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން ކުރިން ނެގޭވަރަށްވުރެ ދެ ގުނަ އިތުރަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
Ads by BMLމީގެ އިތުރުން، ވިސާ ޕްލެޓިނަމް ކާޑު ބޭނުންކުރާ ފަރާތްތަކަށް ވިސާ ބައިނަލްއަގްވާމީ އޮފާތަކާއި 24 ގަޑިއިރުގެ ވިސާ ޕްލެޓިނަމް ކޮންސަލްޓޭޝަންގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
Ads by MACL
