މީޑިއާތަކަށް 27.9 މިލިއަން ރުފިޔާގެ މާލީ އެހީ، އެންމެ ބޮޑު ހިއްސާ ސަންގު ޓީވީއަށް
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 18 މީޑިއާއަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 27.9 މިލިއަން ރުފިޔާ ދޫކުރުމަށް މިއަދު ވަނީ އިއުލާނުކޮށްފައެވެ. މި ފައިސާ ދޫކުރަނީ، ޔޫތު މިނިސްޓްރީން މީޑިއާތަކަށް ހުޅުވާލި މާލީ އެހީއަށް އެދޭ ފުރުސަތުގައި ހުށަހެޅި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވި މީޑިއާތަކަށެވެ. މި އެހީގެ އެންމެ ބޮޑު ހިއްސާ، 3.8 މިލިއަން ރުފިޔާއާއެކު ލިބިފައިވަނީ ސަންގު ޓީވީއަށެވެ.
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މިފަދަ މާލީ އެހީތެރިކަމެއް ދޫކުރަނީ މިއީ ފުރަތަމަ ފަހަރަށްކަން ފާހަގަކޮށްލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުން ކޮންމެ އަހަރަކު މިފަދަ އެހީއެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި، ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓު މިކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އެހީގެ ދަށުން ފައިސާ ލިބުނު މީޑިއާތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
Ads by BMLސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
ވީޓީވީ: 3 މިލިއަން ރުފިޔާ
އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
ތިލަދުން: 1.2 މިލިއަން ރުފިޔާ
މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
ދިޔަރެސް: 1.1 މިލިއަން ރުފިޔާ
ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
މާލްދީފް އޮންލައިން: 899,197.77 ރުފިޔާ
މި މާލީ އެހީގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
Ads by MACL
