ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންނަ އަހަރުގެ ބަޖެޓު މިއަހަރަށްވުރެ ކުޑަވާނެ: ރައީސް

އަންނަ އަހަރުގެ ބަޖެޓު މިއަހަރަށްވުރެ ކުޑަވާނެ: ރައީސް

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަކީ މިހިންގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

މިއަދު މަޖިލީހަށް ހުށައެޅި ބަޖެޓާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަޖެޓްގައި ހިމަނާފައިވާ 9.3 ބިލިޔަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާއި ނުލައި 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާކަމަށެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާކަމަށް ވަނީ ހިމަނާފައެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިޔަން ރުފިޔާކަމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ.