އިޤްތިޞާދީ ދުވެލި 5.3 އިންސައްތައަށް މައްޗަށް ދާނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފި
ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެކަމަށް ބެލެވޭ ހަލުވި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، އަންނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.3 އިންސައްތައިން ކުރިއަރާނެކަމަށް ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އިޤްތިޞާދުގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ފެނިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި، ދިވެހި އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަން ފާހަގަކުރައްވައި، މިއަހަރަކީ މިހާތަނަށްވެސް އެ ދާއިރާއަށް ވަރަށް ފާގަތި އަހަރެއްކަން ހާމަކުރެއްވިއެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ މެދުތެރޭގައި އަންނަ ލޯ ސީޒަންގައި ފަތުރުވެރިން އަންނަ މިންވަރު މަދުވި ނަމަވެސް، މިއަހަރުގެ ލޯ ސީޒަންގައިވެސް ފަތުރުވެރިން އައިސްފައިވާ އަދަދު ယခင် އަހަރުތަކާ އަޅާބަލާއިރު އިތުރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.4 އިންސައްތައިގެ ކުރިއެރުމެއްކަން ބަޖެޓް ތަގުރީރުގައި ފާހަގަކޮށްފައިވެއެވެ.
Ads by BMLއަންނަ އަހަރު އިޤްތިޞާދަށް އަންނާނެކަމަށް ބެލެވޭ ކުރިއެރުމުގެ ފަހަތުގައިވާ މައިގަނޑު ބާރަކީ ފަތުރުވެރިކަންކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވި، ސަރަޙައްދީ އެއަރޕޯޓްތައް ތަރައްޤީކުރެވުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް މައްޗަށް ދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.
"2026 ވަނަ އަހަރުގައާއި މެދުރާސްތާގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސަބަބުން، އެ ދާއިރާއާ ގުޅިފައިވާ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، މިއަހަރު މުދާ އިމްޕޯޓުކުރި މިންވަރު އިތުރުވެފައިވާތީ، އަންނަ އަހަރު ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިވެސް ފުޅާވެގެންދާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި މިއަހަރު ދަށަށް ගිය މަސްވެރިކަމުގެ ސިނާއަތްވެސް އަންނަ އަހަރު އަލުން ކުރިއަރާނެކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.
Ads by MACL
