ޓިކެޓް ވިއްކަން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލިލީ ގެ. ޓިކެޓް ކިއޫ ދަމާލައިފި
ޓިކެޓް ވިއްކަން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލިލީ ފިލްމްގެ ޓިކެޓަށް ބާރުބޮޑުވެއްޖެއެވެ.
ދިވެހި ފިލްމު ”ލިލީ“ގެ ކުރިއަށް ހުރި ޝޯވ ތަކުގެ ޓިކެޓު އޮލިމްޕަސް ޓިކެޓު ކައުންޓަރުން ލިބެން ހުރިއިރު ޓިކެޓް ގަންނަ ފަރާތްތަކުން އެސަރަޙައްދަށް ދަނީ ޖަމާވަމުންނެވެ.
މި ފެށޭ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ”ލިލީ“ ގެ ޓިކެޓު ވިއްކަން ފެށީ މިއަދު ހަވީރު އެވެ. މިހާރު ލިބެން ހުރީ ނޮވެމްބަރު 20، 21 އަދި 22 ގެ ރޭ އަޅުވާ ޝޯތަކުގެ ޓިކެޓެވެ. މީގެ ތެރެއިން ފުރަތަމަ ދެ ޝޯގެ ޓިކެޓު މިހާރު ވަނީ މުޅިންހެން ހުސްވެފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު ރިލީޒް ކުރި ފިލްމުގެ ޓްރެއިލާގައި ވަރަށް އަނިޔާވެރި މަންޒަރުތަކެއް ފެނެ އެވެ. މީގެ އިތުރުން ބޮޑާ ކަމާއި ކިބުރުވެރިކަން އަދި އުފާވެރިކަމާއި ލޯބި އަދި ހިތާމަވެސް ޓްރެއިލާއިން ފެނެ އެވެ. ފިލްމުގެ މުހިންމު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، މަރިޔަމް ހަލީމް، އަހުމަދު ނިމާލްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ.
”ލިލީ“ އަދި ޅ. ހިންނަވަރު އަދި ލ އަތޮޅުގެ ރަށްތަކުގައި މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ. މިއީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓުކޮށް މުހައްމަދު އަރީހު ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމުގެ ކެމެރާ މަސައްކަތް ކޮށްފައިވަނީ ސަމާހު އިބްރާހިމް އެވެ.
ލަވަތަކުގެ ޅެމާއި ރާގު މުހައްމަދު އަބްދުލް ގަނީ ހަދާފައިވާއިރު މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގެވެ.
ފިލްމުގެ ޓިކެޓު ގަންނަ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަކަށް އަގުހުރި އިނާމުތަކެއް ދޭން ޓީމުން ތައްޔާރުވަމުން ދާކަން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
Ads by BMLލިބޭ އިނާމުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.
Ads by MACL
