އަށް ރަށެއްގައި ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، އަށް ރަށެއްގައި ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް ހަވާލުކުރުމުގެ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އެންމެ ގިނައީ ފުޓްބޯޅަ ދަނޑުތަކެވެ. އެގޮތުން، ފަސް ރަށެއްގައި ޒަމާނީ ފުޓްބޯޅަ ދަނޑު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހއ. މުރައިދޫ، ހދ. ކުމުންދޫ، ށ. ފީވަކު، ގއ. ދެއްވަދޫ އަދި ކ. ހުރާ އެވެ.
Ads by BMLފުޓްބޯޅައިގެ އިތުރުން، ރ. މާކުރަތުގައި ފުޓްސަލް ދަނޑެއް، ލ. ކުނަހަންދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް އަދި ހދ. ވައިކަރަދޫގައި ޒަމާނީ ސްކޭޓްޕާކެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
Ads by MACL
