ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލަށް އައްޔަނުކުރެއްވި ފަނޑިޔާރުންނާއި ގާޒީންނަށް ފަތްކޮޅުއަރުވައިފި، ކްރިމިނަލް ކޯޓަށް ފަނޑިޔާރު މުޒައްމިލް އާއި ޝާފިއު

އަލަށް އައްޔަނުކުރެއްވި ފަނޑިޔާރުންނާއި ގާޒީންނަށް ފަތްކޮޅުއަރުވައިފި، ކްރިމިނަލް ކޯޓަށް ފަނޑިޔާރު މުޒައްމިލް އާއި ޝާފިއު

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ހއ. އިހަވަންދޫ، އުދަރެސް، އަހްމަދު ޝާފިއު އާއި ގއ. ކަނޑުހުޅުދޫ، ޔުނިކޯ، މުޒައްމިލު ނާސިރު އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި، އެ ދެ ބޭފުޅުންނަށް ގާޒީ ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރެއްވި ޝާފިއު އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ހަތަރު އަހަރު މަސައްކަތް ކުރައްވައި، އެންމެފަހުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ އަކީ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން ބާ ކައުންސިލްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ގާޒީ ކަމަށް އައްޔަންވެވަޑައިގެންނެވި މުޒައްމިލަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެފަހުން ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގައެވެ. އޭނާ ވަނީ ޖިނާއީ ގިނަ މައްސަލަތަކެއްގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ.