ސިނަމާލެ ބްރިޖް ހައިވޭގައި ޕިކަޕެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖް ހައިވޭގައި ޕިކަޕެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.
މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި ޓްރެފިކް ލައިޓަކަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނި ގޮތުގައި، މިރޭ 18:48 ހާއިރު މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނެވެ. މި ހާދިސާގައި އަނިޔާވި މީހަކީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
Ads by BMLފުލުހުން އިތުރަށް ބުނީ ސައިކަލު ދުއްވަން އިން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު އަތަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަމަށެވެ.
Ads by MACL
