ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިޔާ ޓަވަރު ސަރަހައްދުގެ ހަމަހިމޭންކަން ފޫއަޅުވާލި ހިތާމަވެރި ހާދިސާ: ޓަވަރަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ

 ހިޔާޓަވަރު 8 އަކުން މީހަކު ވެށްޓިގެން ފުލުހުން ހަރަކާތްތެރިވަމުންދަނީ---
ހިޔާޓަވަރު 8 އަކުން މީހަކު ވެށްޓިގެން ފުލުހުން ހަރަކާތްތެރިވަމުންދަނީ---

އާންމުކޮށް ހަލަބޮލިކޮށް އޮންނަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ސަރަހައްދުގެ ހަމަހިމޭންކަން މިއަދު ހެނދުނު ހިތާމަވެރި ހާދިސާއަކުން ފޫއަޅުވާލައިފިއެވެ. ބަންދު ދުވަހެއްގެ ހެނދުނު 8:30 ހާއިރު ހިނގި މި ހާދިސާގައި، ހިޔާ ޓަވަރު 14 ގެ އަށްވަނަ ބުރިން ވެއްޓި، އުމުރުން 33 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މަރުވެފައެވެ.

މި ހާދިސާ ދުށް މީހުން ކިޔައިދިން ގޮތުގައި އެއީ ވަރަށްވެސް ބާރު އަޑެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ، ބަދިގޭގައި ހުއްޓާ ކުއްލިއަކަށް ބާރު އަޑެއް އިވިގެން ބެލްކަންޏަށް ނުކުމެ ބެލިއިރު ފެނުނީ ވެއްޓިފައިވާ މީހާގެ ހިތްދަތި މަންޒަރު ކަމަށެވެ.

"އެއްވެސް ހަރަކާތެއްނެތި އޮތްއިރު، ބޮލުން ވަރަށް ގިނައިން ލޭ އައިސް މުޅިތަން ތަތްތެޅިފައި އޮތީ. އަތެއްވެސް އޮތީ ބިނދިފައި،" އެމީހާ ކިޔައިދިނެވެ.

ފުލުހުން ވިދާޅުވީ، ހިޔާ ޓަވަރަކުން މީހަކު ވެއްޓިގެން މިއަދު ހެނދުނު 8:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ހާދިސާ ހިނގިތަނަށް އެމްބިއުލާންސް ދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށް މައުލޫމާތު ލިބޭކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނެއެވެ.

މި މަރުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.