ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޢާންމުންގެ ޚިޔާލާއެކު ބޯހިޔާވެހިކަމުގެ ބިލު އިޞްލާޙުކޮށް މަޖިލީހަށް ހުށަހަޅަނީ

ޢާންމުންގެ ޚިޔާލާއެކު ބޯހިޔާވެހިކަމުގެ ބިލު އިޞްލާޙުކޮށް މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީން، ޢާންމުންނާއި މުއައްސަސާތަކުގެ ޚިޔާލު ހިމަނައިގެން ބޯހިޔާވެހިކަމުގެ ބިލަށް އިޞްލާޙުތައް ގެނައުމަށްފަހު، އަންނަ ހަފުތާގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމައިފި އެވެ.

މި ބިލާ ގުޅޭގޮތުން ލިބިފައިވާ ޚިޔާލުތަކަށް މަޝްވަރާކުރުމަށް އެ ކޮމިޓީން މިއަދު ވަނީ ދެ ބައްދަލުވުމެއް ބާއްވާފައެވެ.

ކޮމިޓީގެ މުޤައްރިރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވީ، ބިލަށް ގިނަ އަދަދެއްގެ ޚިޔާލު ޢާންމުންގެ އިތުރުން އެކި އިދާރާތަކުން ލިބިފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން ވެސް ބިލާ ގުޅޭ ޚިޔާލުތައް ހުށަހެޅުމަށް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިނިސްޓްރީގެ ޚިޔާލުތައް އަންނަ އަންގާރަ ދުވަހު ކޮމިޓީއަށް ލިބޭނެ. ލިބިފައިވާ ހުރިހާ ޚިޔާލަކަށް ރިޢާޔަތްކޮށް އިޞްލާޙުތައް ފައިނަލްކުރުމަށްފަހު އަންނަ ހަފުތާގެ ފުރަތަމަ ޖަލްސާއަށް ބިލު އެޖެންޑާކުރުމަށް މިވަނީ ގަސްދުކޮށްފައި،" ފަލާޙް ވިދާޅުވި އެވެ.

ބިލަށް މި އިޞްލާޙުތައް ގެނައުމަށް ކޮމިޓީން ނިންމާފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.