ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 6 މީހަކަށް އަނިޔާވެއްޖެ

ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 6 މީހަކަށް އަނިޔާވެއްޖެ

މާލޭ، އެމްޕީއެލް ކައިރިން މިއަދު ހަވީރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ހަ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވި މީހުންނަކީ ދެ ބިދޭސީންނާއި ހަތަރު ދިވެހީން ކަމަށާއި، އެ އެންމެންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 3:44 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިފަދަ ހާދިސާއެއް މިދިޔަ މަހުވެސް ވަނީ ހިނގާފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ދިވެއްސަކާއި ދެ ބިދޭސީން ވަނީ މަރުވެފައެވެ.