އެމްޑީޕީއަކީ ހައްގަކާއި ނުލައި މައުސޫމްް މީހުންގެ އަބުރު ކަތިލާ ޕާޓީއެއްް: ނަރީޝް
އެމްޑީޕީއަކީ އެއްވެސް ހައްގަކާއި ނުލައި މައުސޫމް މީހުންގެ އަބުރު ކަތިލާ ވެއްޔާއި މޮޑެލި ޕާޓީއެއް ކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނަމުގައި މަދުބަޔަކު މަގުތަކަށް ނިކުމެ ވަނީ ސަރުކާރާއި ދެކޮޅަށް ޙާއްސަކޮށް ފަސްޓްލޭޑީ މެޑަމް ސާޖިދާއި ބެހޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކާފައެވެ.
މިމައްސަލައާއި ގުޅިގެން ރާއްޖޭގެ ވަރަށް ގިނަބަޔަކު ދަނީ މި ނާތަހުޒީބީ އަމަލާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ސިޔާސީ މަގްސަދު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ވިދާކުދިކޮށްލި ޕާޓީއެއް ކަމަށާއި، އާއިލީ ގުޅުންތައް ކަނޑުވާލާ ދަރިންނާއި މައިންބަފައިން އެކަކު އަނެކަކާ ޖައްސާ ލަދުހަޔާތް ކަނޑުވާލި ޕާޓީއެއް ކަމަށެވެ. އަދި މީގެ އިތުރުން މިގައުމުގެ ޝާނާއި ޝައުކަތު ގެއްލުވާލި ޕާޓީގެ އިތުރުން އެތައް ސަތޭކަ މިލިއަނުން މިގައުމު ދަރުވާލާ މިގައުމުގެ ހަރުމުދާ ނުއަގުގައި ވިއްކާލި ޕާޓީ އެއްކަމަށެވެ.
އެމްޑީޕީއަކީ ސިޔާސީ މަގްސަދު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ވިދާކުދިކޮށްލި ޕާޓީ. އާއިލީ ގުޅުންތައް ކަނޑުވާލާ ދަރިންނާއި މައިންބަފައިން އެކަކު އަނެކަކާ ޖައްސާ ލަދުހަޔާތް ކަނޑުވާލި ޕާޓީ. ސަލާމަތީ ބާރުތަކަށް ކުރަމުން އައި އިޙްތިރާމާއި ގަދަރު ކަނޑުވާލި ޕާޓީ. ފިތުނަ ފަސާދަޔާއި ދޮގު ހެދުން މިގައުމުގައި އާއްމު ކުރި ޕާޓީ. ހައްގަކާއި ނުލާ މައުސޫމު މީހުންގެ އަބުރު ކަތިލާ ވެއްޔާ މޮޑެލި ޕާޓީ. މިގައުމުގެ ޝާނާއި ޝައުކަތު ގެއްލުވާލި ޕާޓީ. އެތައް ސަތޭކަ މިލިއަނުން މިގައުމު ދަރުވާލާ މިގައުމުގެ ހަރުމުދާ ނުއަގުގައި ވިއްކާލި ޕާޓީ- ނަރީޝް
އެމްޑީޕީގެ މަގުމަތީ އިހުތިޖާޖުގައި ވާހަކަ ދައްކަމުން މީކާއިލް ނަސީމްގެ މަންމަ މަންދީ ވަނީ ދިވެހި ޒުވާނުންގެ ހައްގުގައި ކަމަށް ބުނެ ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފަ އެވެ.
Ads by BMLއޭނާ ބުނީ ދިވެހި ޒުވާނުންނަށް "ބިޑި އޮޅަން ޖެއްސީ" ރައީސްގެ ދަރިކަލުން ވޭޕު ކުރަން ފެށުމުން އެކަން ހުއްޓުވަން ކަމަށެވެ. އަދި "އަމިއްލަ ދަރިފުޅު ފުރަތަމަ ބަލަންވީނޫހޭ" ކިޔާ އަޑުގަދަކޮށްފައިވެ އެވެ.
ސިޔާސީ ވެގެން ގޮސް ކުޑަކުދީންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ހިސާބަށް ކަންކަން ގެންދިއުމުން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މަންދީއަށް ފާޑުކިޔަމުންނެވެ.
ސިޔާސީ ވިޔަސް މީހުންގެ އަނބިދަރީންނާއި ނުބެހި ވާހަކަ ދެއްކޭނެ ކަމަށާ އެފަދަ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
Ads by MACL
