ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލީގު ފުލުގައި އޮތް ޓީސީން މާޒިޔާގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސްފި

ޓީސީ އަދި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން/ފޮޓޯ: ޓީސީ ސްޕޯޓްސް ކުލަބު
ޓީސީ އަދި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން/ފޮޓޯ: ޓީސީ ސްޕޯޓްސް ކުލަބު

މި ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވަމުން ދިޔަ މާޒިޔާގެ މައްޗަށް ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުގައި އޮތް ޓީސީން ނިމުން ގެނެސްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.

މިއަދުގެ މެޗާ ހަމައަށް، މާޒިޔާއިން ވަނީ ރަސްމީ ފުޓްބޯޅަ ސީޒަންގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗަށް ނުކުތް އިރު، މާޒިޔާއިން ވަނީ މެޗު ފަސޭހަކޮށްލައި އާއްމުކޮށް މާޒިޔާގެ ފުރަތަމަ އެގާރައިން ފެންނަ އަހުމަދު އައިހަމް އާއި ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ ބެންޗުގައި ބައިންދައިގެން ފަށާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 9 ވަނަ މިނިޓުގައި މުހައްމަދު އިލާން އިމްރާން އޭރިއާ ބޭރުން ގެންދިޔަ ބޯޅައެއް އޭރިއާ ތެރެއިން ކުރިއަށް ޖެހި ޓީސީގެ ބިދޭސީ ކީޕަރު ވަނީ މަތަކޮށްފައެވެ.

އަދި 24 ވަނަ މިނިޓުގައި އިލާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ހަސަން ނަޒީމް އާއި ހަމްޒާ މުހައްމަދަށް ވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.