ޤައުމުގެ މަޞްލަޙަތު އިސްކުރުމުން ނޫނީ ފާގަތި މުސްތަޤުބަލެއް ނާންނާނެ: ރައީސް
ޤައުމަށް ފާގަތި މުސްތަޤުބަލެއް ބިނާކުރެވޭނީ ކޮންމެ ކަމެއްގައި ވެސް ޤައުމުގެ މަޞްލަޙަތާއި ކުރިއެރުމަށް އިސްކަންދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި އަދި ޤުރުބާންވި ހިތްވަރުގަދަ ބޭކަލުންގެ ޒިކުރާ އާކުރައްވަމުން ވިދާޅުވީ، އެ ބޭކަލުން ސާބިތުކޮށްދެއްވީ މި ފަސްގަނޑު ދިފާޢުކުރާނެ ފަހުލަވާނުން އަބަދުމެ ތިބޭނެކަން ކަމަށެވެ. އަދި އެއީ އަލިރަސްގެފާނާއި، ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދަ ޤައުމީ ބަޠަލުންގެ ޒަމާނުންސުރެ ދިވެހީން ދައްކަމުން އަންނަ ވަޠަނީ ރޫޙުކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
https://twitter.com/MMuizzu/status/1985144347256655996?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1985144347256655996%7Ctwgr%5E98864ce4c97bf39164867bd36df57ae61a70c6fd%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F168024މުސްތަޤުބަލުގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި، ކޮންމެ ދާއިރާއެއްގައިވެސް ޤައުމު އިސްކޮށް، މުރާލިކަމާއެކު މަސައްކަތްކުރާނެ އިޚްލާޞްތެރި ދަރީންތަކެއް ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ އިޚްލާޞްތެރި ދަރީން މި ޤައުމުގައި އިތުރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވާފައެވެ.
Ads by BMLނަޞްރުގެ ދުވަހަކީ 1988 ނޮވެންބަރު 3 ގައި، ދިވެހި ޚާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހި ސިފައިންގެ ހިތްވަރާއި ޤުރުބާނީން މާތް ﷲ ދެއްވި ނަޞްރު ފާހަގަކުރާ ދުވަހެވެ. ބާޣީ ޢަބްދުﷲ ލުޠުފީ އިސްވެ ހިންގި އެ ލާއިންސާނީ ޙަމަލާގައި ސިފައިންގެ 8 ބޭކަލަކާއި ޢާންމުންގެ 11 މީހަކު، ޖުމްލަ 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ.
Ads by MACL
