ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭ އާޓާމިނަލުން ސިޗުއާން އެއާލައިންސް އަށް ޚިދުމަތްދޭން ފަށައިފި

ވީއައިއޭ އާޓާމިނަލުން ސިޗުއާން އެއާލައިންސް އަށް ޚިދުމަތްދޭން ފަށައިފި

ޗައިނާގެ ސިޗުއާން އެއާލައިންސްއަށް ވީއައިއޭގެ އާ ޓާމިނަލުން ރަސްމީކޮށް ޚިދުމަތްދޭން ފަށައިފިއެވެ.

ސިޗުއާން އެއާލައިންސްގެ ސާވިސް އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް، ޓާމިނަލް 1 އަށް މިއަދު ބަދަލުކޮށްފައިވާއިރު، މި ބަދަލާއެކު، ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތްދޭ އެއާލައިންތަކުގެ ޖުމްލަ ޢަދަދު ވަނީ 19 އަށް އަރާފައެވެ.

އެ އެއާލައިނުން އާ ޓާމިނަލުގައި އޮޕަރޭޝަންތައް ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ޝަރީފެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިންނާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުޙައްމަދު ފަޔާޒް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އާ ޓާމިނަލަށް އެންމެ ފުރަތަމަ އައި ސިޗުއާން އެއާލައިންސްގެ ފްލައިޓް ނަންބަރު 3U3923 އިން ދަތުރުކުރި 163 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި، މިއަދު އެ އެއާލައިނުން ފުރި 142 ފަސިންޖަރުންނަށް ހަނދާނީ ހަދިޔާ ދިނުމުގެ އިތުރުން، ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވެއެވެ.