އަންހެނެއްގެ އަބުރާއި ބެހި ގަނާކުރުން އޯކޭ ވެގެން ނުވާނެ، މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަން: މުއާޒް
ހައްގުތަކެއް ހޯދަން ކަމަށްބުނެ މަގުތަކަށް ނިކުމެ މައުސޫމް މީހުންގެ އަބުރައް އަރައި ގަނާ ކުރުން އޯކޭ ކަމަށް ދެކިގެން ނުވާނެ ކަމަށާއި މި މައްސަލަ ބަލައި ފިޔަޅު އަޅައި ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ ސްޓޭޓް މިނިސްޓަރ މުއާޒް ހަލީމް ގޮވާލައްވައިފިއެވެ.
އެމްޑީޕީން މުޒާގަރާގެ ނަމުގައި މަދުބަޔަކު މަގުތަކަށް ނިކުމެ ދަނީ އަސާސެއްނެތް ދޮގު ތުހުމަތު ތަކެއް ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އަޅުވަމުންނެވެ. އަދި މި ފަހުން މަގެއްގައި އެމްޑީޕީގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަންދީ ވަނީ ފަސްޓްލޭޑީ މެޑަމް ސާޖިދާގެ ބޮލުގައި އަސާސެއްނެތް ދޮގު ތުހުމަތުތަކެއް އަޅުވާފައެވެ. މިއީ މި ފަހުން މިހާފާޅުކަން ބޮޑުގޮތެއްގައި މިފަދަ ވާހަކަތަކެއް ދެއްކި ފުރަތަމަ ފަހަރެވެ.
މުއާޒް ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ޙައްޤުތަކެއް ހޯދަން ކަމަށްބުނެ މަގުމައްޗަށް ނިކުމެ ތިބެ ބަރަކާތުން ފުރިފައިވާ މައްސަރެއްގައި ، އަދި ވަކިން ޚާއްޞަކޮށް ރޭއަޅުކަމުގެ ވަގުތުތަކުގައި ނިކުމެ، އެއްވެސް ޙަޤީޤަތެއް އަސްލެއް ނެތް ތުހުމަތުތަކެއް ކޮށް ، މައުސޫމް ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ ، އަމުދުން ތިމާ ފަދަ އެހެން އަންހެނެއްގެ އަބުރާއި ބެހި، ގަނާކުރުން "އޯކޭ" ކަމަށް ދެކޭ ހިނދަކު މިރާއްޖޭގައި ކަންކަން ރަނގަޅު ނުވާނެކަމަށާއި އެމްޑީޕީގެ ދުވަސްވީ އަންހެން އެކްޓިވިސްޓަކު މެޑަމް ސާޖިދާއަށް ގަނާކޮށް، ދަރިކަލުންގެ ޙައްޤުތަކަށް އަރައިގަތުން ކުށްވެރިކުރާ ކަމަށެވެ. އަދި ކަމާއިބެހޭ މުއައްސަސާތަކުން ހަރުކަށިކޮށް މިކަމާއިމެދު ފިޔަވަޅު އަޅަން ގޮވާލާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
ޙައްޤުތަކެއް ހޯދަން ކަމަށްބުނެ މަގުމައްޗަށް ނިކުމެ ތިބެ ބަރަކާތުން ފުރިފައިވާ މައްސަރެއްގައި ، އަދި ވަކިން ޚާއްޞަކޮށް ރޭއަޅުކަމުގެ ވަގުތުތަކުގައި ނިކުމެ، އެއްވެސް ޙަޤީޤަތެއް އަސްލެއް ނެތް ތުހުމަތުތަކެއް ކޮށް ، މައުސޫމް ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ ، އަމުދުން ތިމާ ފަދަ އެހެން އަންހެނެއްގެ އަބުރާއި ބެހި، ގަނާކުރުން "އޯކޭ" ކަމަށް ދެކޭ ހިނދަކު މިރާއްޖޭގައި ކަންކަން ރަނގަޅު ނުވާނެ- މުއާޒް
އެމްޑީޕީގެ މަގުމަތީ އިހުތިޖާޖުގައި ވާހަކަ ދައްކަމުން މީކާއިލް ނަސީމްގެ މަންމަ މަންދީ ވަނީ ދިވެހި ޒުވާނުންގެ ހައްގުގައި ކަމަށް ބުނެ ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފަ އެވެ.
އޭނާ ބުނީ ދިވެހި ޒުވާނުންނަށް "ބިޑި އޮޅަން ޖެއްސީ" ރައީސްގެ ދަރިކަލުން ވޭޕު ކުރަން ފެށުމުން އެކަން ހުއްޓުވަން ކަމަށެވެ. އަދި "އަމިއްލަ ދަރިފުޅު ފުރަތަމަ ބަލަންވީނޫހޭ" ކިޔާ އަޑުގަދަކޮށްފައިވެ އެވެ.
ސިޔާސީ ވެގެން ގޮސް ކުޑަކުދީންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ހިސާބަށް ކަންކަން ގެންދިއުމުން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މަންދީއަށް ފާޑުކިޔަމުންނެވެ.
ސިޔާސީ ވިޔަސް މީހުންގެ އަނބިދަރީންނާއި ނުބެހި ވާހަކަ ދެއްކޭނެ ކަމަށާ އެފަދަ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
Ads by MACL
