ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުޒްބަކިސްތާން އެއާލައިން ވީއައިއޭގެ އާ ޓާމިނަލަށް، ޚިދުމަތްދޭ އެއާލައިންގެ އަދަދު 21 އަށް

އުޒްބަކިސްތާން އެއާލައިން ވީއައިއޭގެ އާ ޓާމިނަލަށް، ޚިދުމަތްދޭ އެއާލައިންގެ އަދަދު 21 އަށް

އުޒްބަކިސްތާނުގެ ޤައުމީ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް، ޓާމިނަލް 1 ބޭނުންކޮށްގެން ޚިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު، އާ ޓާމިނަލުން ޚިދުމަތް ހޯދާ އެއާލައިންތަކުގެ ޖުމްލަ ޢަދަދު ވަނީ 21 އަށް އަރާފައެވެ.

އުޒްބަކިސްތާނުގެ ޤައުމީ އެއާލައިންގެ އޮޕަރޭޝަންތައް ޓާމިނަލް 1 އަށް ބަދަލުވުން ފާހަގަކުރުމުގެ ގޮތުން އެއާޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، އެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ހުޅުވައިދީ، ފުރަތަމަ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަނދާނީ ހަދިޔާ ވަނީ ދީފައެވެ.

އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިއީ ވީއައިއޭގެ ޚިދުމަތްތައް ފުޅާކޮށް، ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް މުއްސަނދިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއަށް އުދުހޭ ހުރިހާ އެއާލައިނަކަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް އެމްއޭސީއެލް އިން ފާހަގަކުރެއެވެ.