ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުރާ ކައުންސިލް ކަޕް 2025: ތްރީޑީން ފޯޓީޓޫ ކޮޅަށް 13 ލަނޑު ޖެހިއިރު، ފޯޓީޓޫ އެކްސެލް ކޮޅަށް ބަދަވީން 10 ގޯލު

ހުރާ ކައުންސިލް ކަޕް 2025: ތްރީޑީން ފޯޓީޓޫ ކޮޅަށް 13 ލަނޑު ޖެހިއިރު، ފޯޓީޓޫ އެކްސެލް ކޮޅަށް ބަދަވީން 10 ގޯލު

މާލެ އަތޮޅު ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ހުރާ ކައުންސިލް ކަޕް 2025 ގައި ފިރިހެން ޑިވިޝަންގައި ތްރީޑީން ފޯޓީޓޫކޮޅަށް 13 ލަނޑު ޖެހި އިރު ފޯޓީޓޫ ކޮޅަށް ބަދަވީން 10 ގޯލު ޖަހައިފިއެވެ.

ބަދަވީން އަދި ފޯޓީޓޫ އެކްސެލް ވާދަކުރި މެޗުގެ ފުރަތަމަ ހާފްގައި އެކަނިވެސް ވަނީ 4 ގޯލު ޖަހައިފައެވެ. ބާކީ 6 ގޯލު ދެވަނަ ހާފްގައި ޖެހިއިރު އެޓީމްގެ ހަސަން ސަލާހް އަދި ހަސަން ޝިބާން ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ޖަހާފައެވެ.

މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ބަދަވީންގެ ޖާޒީ ނަންބަރު 10 ހަސަން ސޮލާހު އެވެ.

ރޭގެ ދެވަނަ މެޗުގައި ތްރީޑީން ވަނީ ފޯޓީޓޫ ކޮޅަށް 13 ލަނޑު ޖަހާފައެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 10 ޓީމާއި އަންހެން 3 ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމްތަކަކީ ޓީމް ޖޯކާސް، އެފްސީ ބަދަވީން، ސިނަމަން ދޮންވެލި އެފްސީ، ވޭރިއަސް އެފްސީ، ބްލޫޒް އެސްސީ، ފޯޓީޓޫ އެކްސެލް، ބްލަޑް ޖޫނިއާރސް، ޓީމް ރިވަލްސް، ތްރީޑީ ސްޕޯޓްސް ކުލަބު، ފޯޓީޓޫ، އަދި ތްރީޑީ ކިންގްސް އެވެ.

އަންހެން ޓީމްތަކަކީ ފޯޓީޓޫ ގާލްސް، ބިއުޓީސް، އަދި ބެލިސިމޯއެވެ.

އަންހެން ޑިވިޝަން އެއްގުރޫޕެއްގައި ހިމެނުނު އިރު ފިރިހެން ޑިވިޝަން ކުރިއަށްދާނީ 2 ގުްރޫޕަކަށް ބަހަލައިގެންނެވެ.

މިއީ މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.