ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު 2700 އަށް ވުރެ ގިނަ އެނދު އިތުރުވެ، ފަތުރުވެރިންގެ އަދަދު 9.8% މައްޗަށް!
މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 2700 އަށް ވުރެ ގިނަ އެނދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމުގެ ހެއްކެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 9.8 އިންސައްތަ އިތުރުވެފައިވާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.
އަހަރުގެ ފެށުނުއިރު ރާއްޖޭގައި އޮޕަރޭޝަނަލްކޮށް ހުރީ 63,248 އެނދެވެ. މީގެ ތެރޭގައި 42,547 ރިސޯޓު އެނދާއި، 15,621 ގެސްޓް ހައުސް އެނދާއި، 2,028 ހޮޓާ އެނދާއި، 3,052 ސަފާރީ އެނދު ހިމެނެއެވެ. ނަމަވެސް، މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިހާރު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ވަނީ 66,030 އަށް އަރާފައެވެ. މިއީ 2,782 އެނދު އިތުރުވެފައިވާ އަދަދެކެވެ.
އަލަށް އިތުރުވެފައިވާ އެނދުތަކުގެ ތެރޭގައި ރިސޯޓުތަކުން 1,692 އެނދާއި، ގެސްޓް ހައުސްތަކުން 439 އެނދާއި، ހޮޓާތަކުން 456 އެނދާއި، ސަފާރީތަކުން 195 އެނދު ހިމެނެއެވެ. ޖުމްލަ ގޮތެއްގައި 176 ރިސޯޓާއި، 934 ގެސްޓުހައުސްއާއި، 164 ސަފާރީއާއި، 16 ހޮޓާ ހިމެނޭހެން 1,290 ޓޫރިސްޓު ފެސިލިޓީއެއް މިހާރު ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 66,824 އެނދެވެ.
Ads by BMLމި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,847,318 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މި އަދަދު ދައްކަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބާރަށް ކުރިއަރަމުންދާ ކަމެވެ.
Ads by MACL
