ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބުހުތާނު ދޮގުހަދައި، ފުރައްސާރަ ކުރިކުރުން ދިފާއުކޮށް އެމްޑީޕީން ހަނު!

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުންމަނީ
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުންމަނީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ފުރައްސާރަ ކުރި މައްސަލައިގައި މުޅި ރާއްޖެ ކަންބޮޑުވުން ފާޅުކުރިނަމަވެސް އެމްޑީޕީން ތިބީ ހަނުގައި ގިނަ މީހުން ބުނަން ފަށައިފިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް އަދި މަޖިލިސް މެންބަރު މީކާއިލްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ވަނީ މުޒާހަރާގައި ދައްކާފައިވާ ވާހަކައިގައި، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅުވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ބެހޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފަ އެވެ. މީގެއިތުރުން އޭނާ ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާއަށްވެސް ތަކުރާރުކޮށް ފުރައްސާރަކޮށްފަ އެވެ.

މިކަމާ ގުޅިގެން އެޗްއާރުސީއެމްއިން ވެސް ބަނީ ބަޔާނެއް ނެރެފައެވެ. ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ ނަމުގައި ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ.

އެޗްއާރުސީއެމްއިން ވަނީ މިފަދަ ކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ. އަދި ކުޑަކުދިންނަކީ ޤާނޫނު އަސާސީއާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން އަދި ބައިނަލްއަޤްވާމީ މުއާހަދާތަކުން ހާއްސަ ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށްވާތީ، އެކުދިންގެ ކަރާމަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

މިމައްސަލައިގައި މިހާތަނަށް އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.