ރެކޯޑް އަދަދަކަށް މަޝްރޫއު ހަވާލުކޮށް، ފައިސާގެ ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ސަރުކާރުގެ ތާރީޚުގައިވެސް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމުގައި އެއްވެސް ލަސްވުމެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައްޔިތުންނާ ސީދާ ގުޅުންހުރި 206 މަޝްރޫއެއް ހިންގުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
ބަސެލޮސް ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި، "ކޮންޓްރެކްޓަރު ފައިނޭންސް" އުސޫލުން 53 އަމިއްލަ ކުންފުންޏަކާ ވަނީ ނުވަ ދާއިރާއެއްގެ މަސައްކަތްތައް ހަވާލުކޮށްފައެވެ.
Ads by BMLމި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ އެއްބަސްވުންތަކާއެކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ޖުމްލަ 123 ރަށެއްގައި ހިންގުމަށް 216 މަޝްރޫއެއް ވަނީ ހަވާލުކުރެވިފައެވެ. "މިއީ އަޅުގަނޑު ހިތުން އެއްފަހަރާ އެއް ދުވަހެއްގައި، އަދި އަމުދުން ދިވެހި ޕްރައިވެޓް ސެކްޓާ ކުންފުނިތަކަށް މަސައްކަތް ހަވާލުކުރެވޭ، މަސައްކަތް ފެށޭނެ އެންމެ އުފާވެރި ދުވަސް،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ދިރުމެއް ލިބި، ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާއަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަސައްކަތްކުރާ ކުންފުނިތަކަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތައް މި މަޝްރޫއުތަކުގައި ނުހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
"އެއްވެސް ކަހަލަ ޕޭމަންޓްގެ، ފައިސާގެ ލިބުމުގެ ތާށިކަމެއް ނާންނާނެ. މަސައްކަތްތައް އެގްރީމެންޓާ އެއްގޮތަށް ކުރިއަށް ގެންދިއުމުން ޕޭމަންޓަށް ހުށަހެޅުމުން ބަރާބަރަށް ފައިސާ ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެއްބަސްވުންތަކުގައި ސޮއިކުރި ހުރިހާ ކުންފުންޏަކުން ވެސް ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށާއި، މަސައްކަތްތަކަށް ބޭނުންވާ ସବୁ އެއްބާރުލުމެއް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ފޯރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދު ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން، ތަފާތު 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށާއި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލެ ސަރަހައްދުގައިވެސް މިފަދަ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ.
Ads by MACL
