ތޮއްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި
އއ. ތޮއްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަން ހައްލުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން 1،000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް އެރަށަށް ފޮނުވައިފިއެވެ.
ތޮއްޑޫގެ ރައްޔިތުންނާއި، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަން މި ޖެންސެޓާއެކު ހައްލުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ތޮއްޑޫއަށް އަންނަމުންދާ ބޮޑެތި އުމްރާނީ ތަރައްގީތަކާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން އެރަށަށް ލިބެމުންދާ ކުރިއެރުމާއެކު ކަރަންޓަށް އޮންނަ ޑިމާންޑް ވަނީ ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ރަށުގެ ކަރަންޓުގެ ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ. އެހެންކަމުން، އެރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އެ ޖެންސެޓު އެރަށަށް ގެންގޮސްފައިވާއިރު، ކަރަންޓުގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ޖެންސެޓް ބޭލުމުގެ ތެރެއިންނެވެ.
Ads by BMLސްޓެލްކޯއިން ހާމަކުރިގޮތުގައި މިއީ ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދިޔަ ޖެނެރޭޓަރެކެވެ. ސްޓެލްކޯއިން ގަބޫލުކުރާ ގޮތުގައި މިފަދަ މަސައްކަތްތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
Ads by MACL
