ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވީއައިއޭގެ އުދުހުންތަކަށް އާ ދިރުމެއް: ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވެއްޖެ

ވީއައިއޭގެ އުދުހުންތަކަށް އާ ދިރުމެއް: ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވެއްޖެ

ރާއްޖޭގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އުދުހުންތަކަށް އާ ދިރުމެއް އައިސް، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ބައިނަލްއަގުވާމީ ފްލައިޓް މޫވްމެންޓްތައް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު މިއީ 4.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް އިތުރަށް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ވީއައިއޭއަށް ޖުމްލަ 12,807 ބައިނަލްއަގުވާމީ ފްލައިޓް މޫވްމެންޓް ރިކޯޑުކުރެވިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 12,264 ގައެވެ.

މި އަދަދުތަކުގެ ތެރެއިން، ޝެޑިއުލް ފްލައިޓްތަކުގެ މޫވްމެންޓްތައް ވަނީ މިދިޔަ އަހަރުގެ 11,281 އިން މި އަހަރު 11,782 އަށް އިތުރުވެފައެވެ. ހަމައެއާއެކު، ޗާޓަރ އަދި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތައްވެސް ވަނީ މިދިޔަ އަހަރުގެ 983 އިން މި އަހަރު 1,025 އަށް މައްޗަށް ގޮސްފައެވެ.