އުކުޅަހުގެ ކަރަންޓުގެ ޑިމާންޑަށް ހައްލެއް: 1000 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި
އއ. އުކުޅަހުގެ އަވަސް ތަރައްޤީއާއި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމާ ގުޅިގެން ކަރަންޓަށް އުފެދިފައިވާ ބޮޑު ޑިމާންޑަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް އެރަށަށް ގެންގޮސްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ، މި ޖެންސެޓް ބަހައްޓައި، ކޮމިޝަން ކުރުމަށްފަހު ޚިދުމަތް ދޭން ފެށުމުން، ރަށުގެ ކަރަންޓު ނިޒާމަށް އިތުރު ހަމަޖެހުމެއް ލިބި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
މިއީ ރަށުގެ ރައްޔިތުންނަށާއި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް މެދުނުކެނޑި، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
Ads by BMLރާއްޖޭގެ ގިނަ ރަށްރަށުން ދިގު މުއްދަތެއް ވަންދެން ކަރަންޓު ކެނޑުމުގެ ޝަކުވާ ކުރިމަތިވެފައިވާއިރު، ޔުޓިލިޓީ ކުންފުނިތަކުން ދަނީ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އުކުޅަހަށް މި ގެންދިޔަ ޖެންސެޓަކީވެސް އެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.
Ads by MACL
