ތެޔޮ ބާޖެއް ފަރަކަށް އަރައިގެން، ސިފައިން ހަރަކާތްތެރިވަނީ
ތެޔޮ ބާޖެއް ފަރަކަށް އަރައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހަރަކާތްތެރިވަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
ފަރަށް އަރާފައިވަނީ "ހޯކްސް ދޯދި" ނަމަކަށް ކިޔާ ތެޔޮ ބާޖެކެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ބާޖު އަރާފައިވަނީ ކ. ކުޑަވިލިގިލި ރިސޯޓްގެ އިރުމަތީ ފަރާތުގައި އޮންނަ ފަރަކަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރިއެވެ. މިވަގުތު އެ ސަރަހައްދުގެ ހާލަތު ބެލުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
Ads by BMLނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް، އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ތެޔޮ ބާޖު ފަރަށް އަރާފައިވާއިރު، އިއްޔެގެ ވަގުތެއްގައި ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ވަނީ ފަރަށް އަރާފައެވެ. ބޯޓުގެ ބޮޑުބައި މިހާރު އަޑިއަށް ގޮސްފައިވާއިރު، ބޯޓުގައި ތިބި އެންމެންވެސް ވަނީ ސަލާމަތްކޮށްފައެވެ.
Ads by MACL
